English Edition
Dhivehi Edition

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެ އިން އޭދަފުއްޓަށް ގޮސް ކަރަންޓީންގައި ތިބި ދެ ބިދޭސީންނެވެ. އެމީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެގުނީ ރަންޓީނު މުއްދަތު ހަމަވުމުން، އެމީހުން ދޫކޮށްލަން، ސާމްޕަލް ނަގައި ކުރި ޓެސްޓުންނެވެ.

ރާއްޖެއިން ކޮވިޑް19 ފެނުނުތާ 138 ދުވަސްވެފައިވާއިރު ވެރި ރަށް މާލޭގައި މި ބަލި ދަނީ ކޮންޓްރޯލެއް ނެތި ފެތުރެމުންނެވެ. މި ގޮތުން މިއަދާ ހަމައަށް މުޅި ރާއްޖެއިން މި ބަލިޖެހިފައިވާ މީހުންގެ އަދަދު ތިންހާހުން މައްޗަށް ގޮސްފައިވާއިރު ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 15 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.