English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން އިތުރު 59 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 3،100 އަށްވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 44 ދިވެހިންނާއި، 14 ބަންގްލަދޭޝްގެ މީހުންގެ އިތުރުން އިންޑިއާގެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެވެސް 45 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،103 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1،397 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 69,370 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 478 މީހުން އެބަތިއްބެވެ.