English Edition
Dhivehi Edition
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރްނަރުގެ މަޤާމުން ވަކިވި ޢައިޝަތު ޒާހިރާ/ފޮޓޯ ސޯޝަލްމީޑިއާ

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ނިންމާ މަގާމާއި ވަކިވެ ވަޑައިގަތުމުން އެމަޤާމް ހުސްވެއްޖެއެވެ.

ޢައިޝަތު ޒާހިރާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުން ވަކިވެވަޑައިގެންފައި ވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. އެމްއެމްއޭގެ ގާނޫނުގައިބުނާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި އެކަކަށް ހުރެވޭނީ ގިނަވެގެން ދެ ދައުރު ހަމަވަންދެންނެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައިގެން ރައްޔިތުން މަޖިލީހުން ފާސްވުމުން އައްޔަން ކުރާ މަގާމެކެވެ.

ޑެޕިއުޓީ ގަވަރްނަރުގެ މަޤާމުން ވަކިވެވަޑައިގެންނެވި ޢައިޝަތު ޒާހިރާއަކީ އެމްއެމްއޭއަށް 31 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި މިހާރު ހުންނެވީ އަލީ ހާޝިމެވެ.