English Edition
Dhivehi Edition

ބާރުގަދަ ބިންހެލުމެއް އެމެރިކާގެ އަލަސްކާއަށް އަތުވެއްޖެއެވެ. 7.8 މެގްނިޓިއުޑުގެ މި ބިންހެލުން އައީ މިއަދު މެންދުރުކުރި 11.12 ގައެވެ.

ބިންހެލުން އައިސްފައިވަނީ ބިމުން ފެށިގެން 10 ކިލޯ މީޓަރ އަޑިއަށެވެ. މާލެއާއި 11890 ކިލޯ މީޓަރ ދުރަށް އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.

 

މިއަދު އައި މި ބިންހެލުމާއެކު އަލަސްކާއަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.