English Edition
Dhivehi Edition

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފުވައްމުލައް އަދި އައްޑޫއަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މީގެ ކުރިން ވަނީ މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

އެއާއެކު މެޓުން ވަނީ މިއަދު ހަވީރު 15:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށް، ފުވައްމުލަކުން އައްޑުއާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެ އޮފީހުން ބުނީ އެ ސަރަޙައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބުނެފައެވެ.

އެއިދާރާއިން ބުނީ ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދު ރާއްޖެތެރެ އާ ދެކުނުގެ ރަށްތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިއީ ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކަށް ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވެފައި، ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގިނަ ދަތުރުތަކެއް ކުރާ ދުވަސްވަރެކެވެ. އަދި ކުރިއަށް އޮތް ހަފުތާ ބަންދުގައި ގިނަ ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

މެޓް އޮފީހުން ވަނީ، ކުރިއަށް އޮތީ ސްކޫލް ބަންދު ދުވަސްތަކަކަށްވުމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ.

ޓެގު