English Edition
Dhivehi Edition
FILE PHOTO: Spanish Foreign Minister Arancha Gonzalez Laya reacts during an interview with Reuters at the Ministry of Foreign Affairs, in Madrid, Spain May 28, 2020. REUTERS/Susana Vera

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކަމުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީގެ ގޮތުގައި 1.7 ބިލިއަން ޔޫރޯ ދޭން ސްޕެއިނުން ނިންމައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ކުރާ ހަނގުރާމަ އަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމިކަން ސްޕެއިނުން އިއުލާންކުރީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަރަންޗާ ގޮންޒާލެޒް ލާޔާ ކެބިނެޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، އެ ގައުމުންދޭ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން ސަލާމަތްވެ، ގައުމުތަކުގެ ޕަބްލިކް ހެލްތު ނިޒާމު މިހާރަށްވުރެ ވަރުގަދަކޮށް ހަމައަކަށްއެޅުވުމުގެ އިތުރުން އެހެނިހެން ބޭނުންތެރި ކަންތައްތައް ކުރުމަށް ކަމަށްވެސް ނޫސް ކޮންފަރެންސްގައި ގޮންޒާލޭޒް ލާޔާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ސްޕެއިނުން ވަނީ މިހާތަނަށްއައިއިރު 313,274 އެއްހާ މީހުން ޕޮޒިޓިވްވެ، 28,424 މީހުން މަރުވެފައެވެ. އަދި މި ބައްޔަށް މުޅި ދުނިޔޭން 15 މިލިއަނެއްހާ މީހުން ޕޮޒިޓިވްވެ، ހަ ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާރު ހާލަތު އެންމެ ގޯސްކޮށް އުޅެނީ އެމެރިކާ އާއި ބްރެޒިލް އަދި އިންޑިއާގައެވެ. އެމެރިކާ އިން ބަލިޖެހުނު މީހުންގެ އަދަދު ހަތަރު މިލިއަނާ ގާތްކޮށްފައިވާއިރު، ބްރެޒިލްގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި އިންޑިއާ އިން ވެސް މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.