English Edition
Dhivehi Edition

 

  • ފޮތި މާސްކާކީ ބަލިފެތުރުން ހުއްޓުވާއް ބޭނުންވެވިއޭނެ މުހިއްމު އެއްތައް.
  • ބަލި ފެތުރުން ހުއްޓުވާއް ފޮތި މާސްކަކީ ވަރައް މުހިއްމު ދައުރައު އަދާ ކެރާ އެއްތައް.
  • އަމެއްލަ މީހާގެ ސަލާމަތާއި އަދި އެހެން މީހުންގެ ރައްކަލަކައްޓަކައި އެޑާ މާސްކާކީ ކަނޑައެޅިފެއިވޭ މިންގަނޑައް ފެތޭ އެއްތަކައް ވޭއްވޭހެއް.އަދި މާސްކާ އެޑާއް ވޭނެއިއަސް ރަންގަޅާއް.
  • މާސްކު އެޑާކޯ ވިސްނާއްވީ ކަންތައްތައް
  • މާސްކާ އެޑުމުގެ ކުރިން ރަންގަޅާއު އައް ދޯނެހެތި
  • މާސްކާ އެއްވިޔަސް ވަރަކައް ހަލާކި ވެފެއި ހިއްތޯ ބަލައި ޗެކްކޮއްފެއި ހަލާކި އެއްތައްފެހޭ ބޭނުން ނިކެރާހެތި.
  • މާސްކާ އެޑަފެއި ހިންނެކޯ އަނގާއި ނޭވާއި ދެޑި ފޮރުވޭއްވޭހެއް.
  • ވައިނުކުންނަނެ އެއްވިޔަސް ތާން ނިހިންނެ ގޮތައް މާސްކާ ރަންގަޅާއު އެޑިފެއި ހިއްތޯބަލާހެތި.
  • މާސްކު އެޑަގެން ހިށެ އިޔާއި އައްލާއި ނިހަދާހެތި.
  • މާސްކާ ތެމިގޭފެހޭ، ނުންވީ ހަޑިވެގޭފެހޭ އިޔާ ބަދަލުކެރާހެތި.
  • މާސްކާ ނަގަލާއްވީމެއިއަސް ފެރަތުމާއް ރަންގަޅާއް އައްދޯނެހެތި
  • މާސްކާ ނަގާނެއި ކަންފަތި ނުންވީ ބޮލެ ބިއްދަރި އެޑުވާ ފަށާއި ހިފަފެއި. އެހެންނަގާކޯއަސް މާސްކާއި ބޭރެ އައް ނިޖައްސާހެތި
  • ނަގަމުން އޭކޯ ވީހެއިއަސް މޫނާއި ދުރައް ނެގޭތޯ ބަލާހެތި
  • މާސްކާ ނަގަލާއިއަސް އައް ދޯނެހެތި
  • އެއްފަހަރައްވަނި ގިނަފަހަރަ ފޮތި މާސްކާ ބޭނުންކެރާފެހޭ އިޔާ ރައްކޯކެރާނެއި ވައިބަންދު އުރާކައު އެޑަފެއި.
  • އުރާން ނަގާކަލަކިއަސް ހިފާނެއި ފަށާއި އެކަނި. އެވަނަ ފަހަރައު އިޔާ އެޑާށީ ތެއްވެ ހަޑިވެފެއި ނެއްފެހޭ
  • މިމާސްކާ ވޭހެއް ސާބޫނި ނުންވީ އެކަށީގެންވޭ ޑިޓާޖެންޓައް ބޭނުންކޮއްގެން ދެވާލަކި އެއްފަހަރަ ދޯނައް.
  • އެމީހަކާ އެޑާ މާސްކު އެހެން މީހުން އެޑާއް ނިދޭހެތި
  • މާސްކު އެޑާފެހޭ އޭ އެޑާށާއި ނަގާށާއި ދޯނައް ނުންވީ ނައްތަލާނެ ގޮއު އަމެއްލާއް ދަސްވެފެއި ހިންނައް ވޭހެއް.
  • ހަނދާން ކެރާހެތި އެކަނި މާސްކާ އެޑަގެނަކުން އަދި މީހާ ރައްކޯތެރިއައް ނިވޭހެއް.
  • މާސްކާ އެޑަގެން ހިންނެކޯ ބަލިފެތުރުން ހުއްޓުވާއް ގިނިވޭނޑޭއްޖެހޭ އެހެން އާދަތަކަށަސް ފަރުވާތެރިވޭއްވޭހެއް.
  • މަދަވެގެން އެހެން މީހުންނާއި 1 މީޓަރަ ދުރެ ހިށެވޭތޯ ބަލާހެތި.
  • ވީހެއިއަސް ގިނަގިނައިން އައްދޯނެހެތި، މާސްކާއި މޫނެއެއި އަތުން ޖެހި ނިހަދާހެތި
  • މާސްކު ބޭނުންކެރާނެ ގޮތާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާއްތަކުން ދޭ އިރުޝާދުތަކައް ތަބާވޭހެތި
  • ރައްކޯވެތިބެ އަފިރިން އެންމެން ވެގެން ކޮވިޑް 19 ފެތުރުން ހުއްޓުވާއް މަސައްކައް ކެރަމާހިނގައު