English Edition
Dhivehi Edition

މެދުއިރުމައްޗާއި އަރަބި ބަހުން ވާހަކަ ދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖެ ފަތުރުވެރިކަން އިޝްތިޙާރުކުރުމުގެ މަގްސަދުގައި، މާލްދީފް ގްރޫޕުން ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

މިގްރޫޕްގެ ޗެއާމަންކަން ކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިފަދަ ވެބްސައިޓެއް ތަރައްޤީކުރުމުގެ މަޤްސަދަކީ ދިވެހިރާއްޖެއަކީ އަރަބިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަށްވުމުން ރާއްޖެއަށް އަންނަ އަރަބި ފަތުރުވެރިންގެ އަދަދު އިތުރުކުން ކަމަށެވެ. އަރަބި ބަހުން ވާހަކަދައްކާ 500 މިލިއަން މީހުން ދުނިޔޭގައި އުޅޭކަން ފާހަގަކުރަމުން ޑރ.ޝަހީމް ވިދާޅުވީ މިއީ ރާއްޖެ އާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލް ޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ އެންމެހާ ކަންކަން ޢަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ،

މިވެބްސައިޓް ލޯންޗްކުރުމަށް މިއަދު މާލްދީފްގެ ފޭސްބުކް މެދުވެރިކޮން ކުރިއަށްގެންދިޔަ ލައިވްގައި އަރަބިބަހުން ވާހަކަދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕް، ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށެވެ.

މިހާރުވެސް މި ސައިޓްގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުންތައް ހިމާނާފައިވާއިރު މި ސައިޓްގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެއެވެ.