ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ހާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ.
މި ކައުންސިލް އުފައްދަވާފައި ވަނީ މިއަދު ބޭއްވި އާ ސަރުކާރުގެ ފުރަތަމަ ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ކައުންސިލްގެ ޗެއާމަނެއްގެ ގޮތުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، ރާއްޖޭގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވާ، ފަތުރުވެރިކަމުގެ އާ ގޮތްތައް ތައާރަފުކޮށް، ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ފިރުޒުލް ވިދާޅުވީ .ރާއްޖޭގެ ފަތުރުވެރިކަން ބަރޯސަވެފައި އޮތީ ޗުއްޓީ ހޭދަކޮށްލަން އަންނަ ތަނެއް ގޮތަށް ނަމަވެސް ރައީސްގެ ވިސްނުންފުޅަކީ ސިއްހަތު، ތައުލީމު، ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ ދާއިރާތަކުން ފުޅާކުރެއްވުން ކަމަށެވެ. އަދި ރައީސް ގެ އަމާޒަކީ ފަތުރުވެރިކަން އާ ހަރުފަތްތަކަށް ގެންދެވުންކަމުގައި ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ވަނީ ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލްގައި އިސްކޮށް މަސައްކަތްކުރައްވާނެ ބޭފުޅުންވެސް ކަނޑައަޅުއްވާފައެވެ. މި ގޮތުން ސޯޝަލް ކައުންސިލް ގެ ޗެއާކަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފްއެވެ، އަދި އިކޮނޮމިކް ކައުންސިލް ގެ ޗެއާކަން ކުރައްވާނީ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.