English Edition
Dhivehi Edition
ފޮޓޯ/ ޓްވިޓާ

އިއްޔެ ހުޅުމާޅޭގައި ބޭއްވި އެއްވުމެއްގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކުންފުންޏަކަށް މަސައްކަތް ކޮށްދިނުމުން މުސާރަ ނުދޭކަމަށް ބުނެ އަޑު އުފުލުމަށް ބިދޭސީންތަކެއް ކުރި އިހްތިޖާޖެއްގައި އެކަން ކޮންޓްރޯލް ކުރުމަށް އުޅުނު ދިވެހި ފުލުހުންނަށް ޙަމަލާދީ ފުލުންގެ ވެހިކަލަށާއި ޢާއްމުންގެ މުދަލަށް އިއްޔެ ވަނީ ގެއްލުން ދީފައެވެ.

ފުލުހުން ވިދާޅުވީ އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 41 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ޖަހައިފައިވާ ކަމަށެވެ.

ހުޅުމާލޭގައި މިދުވަސްވަރު ބިދޭސީން ދަނީ ދޭތެރެ ދޭތެރެއިން މުސާރައާއި ޢިނާޔަތް ނުލިބޭ ކަމަށް ބުނެ އިޙްތިޖާޖު ކުރަމުންނެވެ. މީގެ އިތުރުން ބ. އަތޮޅު ބޮޑުފިނޮޅުގައި ވެސް ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީންކޮށް މުދަލައް ގެންލުން ތައް ދީފައި ވެއެވެ.

އެ މައްސަލައިގައި ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީންގެ ބަންދަށްވެސް 15 ދުވަސް ޖަހައިފައިވެއެވެ.