English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫސިޓީ ހިތަދޫ ގެއަކަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން، އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނި ގޮތުގައި، ހިތަދޫގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިދިޔަ ޖުލައި 4 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު އެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުގެ ސަބަބުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި 5 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދަނީ “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުގެ ގާނޫނު” ގެ ދަށުންނެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އިތުރު ތަފްސީލުތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ޓެގު