މީހަކު ކިތަންމެ ރުޅި އައިސް، އިންޒާރު ދިނަސް، އިސްލާމް ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމް ދީނަކީ އަންހެނުންގެ ހިމާޔަތުގައި އޮތް ދީނެއް ކަމަށާއި އެ ދީން ބޭނުން ކުރަނީ ދިވެހި އަންހެނުންނާއި އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ޑރ. މުހައްމަދު އިޔާޒްއަށް ވަރަށް ބޮޑަށް ފާޑުކިޔުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
Islam Dheenugai Anhenunnah dhevvaafaivaa himaayathah vure bodu himaayathe ehen evves dheenakah adhi evves bayakah nudheveyne kan handhaanugai bahattan jeheyne. @evattey . @mvpeoplesmajlis ge gondi eh libumakee meeha size olhen jehey varuge kameh noon.
— Dr Mohamed Iyaz (@dr_iyaz) July 14, 2020
އީވާއަށް ޓެގްކޮށް ޑރ. އިޔާޒް ކުރެއްވި ޓުވުޓެއްގައި ބުނީ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒު އޮޅެންޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި އިސްލާމް ދީންގައި އަންހެނުންނަށް ދެއްވާފައިވާ ހިމާޔަތަށްވުރެ ބޮޑު ހިމާޔަތެއް އެއްވެސް ދީނަކަށްވެސް އަދި އެއްވެސް ބަޔަކަށްވެސް ނުދެވޭނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޑރ.އިޔާޒް ވިދާޅުވީ މީހަކު ކިތަންމެ ރުޅި އައިސް، އިންޒާރު ދިނަސް ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް ރައްޔަތުންނަށް ކަން އޮންނަ ގޮތް ބަޔާންކޮށް ދިނުމުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނޭ ކަމަށެވެ.