English Edition
Dhivehi Edition
މަޖްލިސް ނައިބް ރައީސް އީވާ ޢަބްދުﷲ/ ފޮޓޯ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތައާވަލުކޮށްފިއެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު އީވާ ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ނޯޓިސް މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހުގެ އިދާރާއިން އީވާ އަށް ފޮޮނުވާފައިވާއިރު، މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގައި ޖަވާބު ދާރީވުމަށް އީވާއަށް 30 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ،

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން — 22 މެންބަރުންގެ ސޮޔާއެކު އެވެ.