English Edition
Dhivehi Edition
މާލޭގައި ހުންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: މުޙައްމަދު ޝަރުހާން (މިހާރު)

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.

އެމްއެމްއޭ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެ އޮތޯރިޓީ އޮޑިޓްކޮށްދޭނެ، އޮޑިޓް ފާމެއް ހޯދަން ބޭނުންވާ ކަމަށާއި، ލައިސިންސް ލިބިފައިވާ ރާއްޖޭގެ އޮޑިޓް ފާމްތަކަށް، އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ބިޑިންގ ގައި ބައިވެރިވެވޭނީ ރާއްޖޭގައި ލައިސަންސް ލިބިފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވާ ފާމްތަކަށް ކަމަށެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ޖުލައި 16 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އެމްއެމްއޭ އިން ބުނީ ރަޖިސްޓްރީވާ ހުރިހާ ފަރާތްތަކާވެސް ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރުއެފްޕީ) ހިއްސާކުރެވޭނެ ކަމަށެވެ.

ބިޑިންގ ޑޮކިއުމެންޓްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ހުށަހަޅާނީ ޖުލައި 21 ގެ ނިޔަލަށް، އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖުލައި 23 ވަނަ ދުވަހުގެ 11:00 ކަމަށާއި، ވަގުތު ހަމަވާ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށެވެ.