English Edition
Dhivehi Edition

ލިޔުމުން ހުއްދަ ހޯދައިގެން ނޫން އެހެން ގޮތަކަށް މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގައިފިއެވެ.

ރޭޕް ކުރުމާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުންނާއި އެފަދަ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މާލޭގައި ސިލްސިލާކޮށް އެއްވުންތައް ބާއްވަމުން އަންނަ މި ދަނޑިވަޅު. ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ލިޔުމުން ހުއްދަ ނުހޯދައި، މާލޭގައި ދެން މުޒާހަރާ ކުރެވޭނީ މާލޭ ކާނިވާ ސަރަހައްދުގައި އެކަނިކަމަށެވެ. އަދި 2016 ވަނަ އަހަރު އެކުލަވާލި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން، އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުމާއި ގުޅޭ ގޮތުން ފާސްކުރި ޤާނޫނެއްގައި ބުނާގޮތުން، ކުރިން ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. އަދި އޭރުވަނީ އެ އިސްލާހު ތަސްދީޤުކޮށް ހަމަ އެކަނި އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި ކަމަށް ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ޔާމީންގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު، މިހާރުގެ ސަރުކާރުންވެސް އެ އިސްލާހަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.