English Edition
Dhivehi Edition

ނުރައްކާތެރި ކުށްވެރިން މޮނިޓާ ކުރުމަށް، ހޯމް މިނިސްޓްރީން 100 ޓެގް ރާއްޖެ ގެނެސްފިއެވެ.

ނުރައްކާތެރި ކުށްވެރިންގެ ފައިގައި އަޅުވަން 100 ޓެގު ރާއްޖެ ގެނެސްފައިވާއިރު ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަށް ކޯޓު އަމުރު ނެރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ހޯމް މިނިސްޓްރީން މީގެ ކުރިން ބުނީ މޮނިކޮން އަމުރު ނެރެ ޓެގު އަޅުވައިގެން މޮނިޓާކުރަން ޖެހޭ 100 ކުށްވެރިން އެބަ ތިބިކަމަށާއި އެހެންނަމަވެސް ޓެގު ހުސްވެފައި ހުރުމުން އެ މަސައްކަތް އަދި ފެށިފައިނުވާކަމަށެވެ.

ހޯމް މިނިސްޓްރީއިން އިސް ނަގައިގެން ހާއްސަ ބަޖެޓަކުން ޓެގު ހޯދަން ބަޔަކާ ހަވާލުކުރީ މިދިޔަ އަހަރުގެ ފަހު ކޮޅުގަ އެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ.