English Edition
Dhivehi Edition

މީދޫ ގެ ޒުވާނުން އިސްނަގައިގެން މީދޫ ޔޫތްޗެލެންޖް ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މިމުބާރާތް ފެއްޓުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަގުގެ 17 ވަނަދުވަހު އެވެ. އަދި މުބާރާތް ނިމޭނީ ޖުލައި 30ވަނަދުވަހުއެވެ.

މި މުބާރާތަކީ މީދޫގެ ޒުވާނުންގެ މެދުގައި ފުޓުބޯޅަ ކުރި އެރުވުމަށްޓަކައި (އެމް.ވައި.ސީ 2020) ގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަން ހަމަޖައްސާފައިވާ މުބާރަތެއް ކަމަށް މިމުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. މި މުބާރާތުގެ މަގުސަދަކީ މީދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުން ކަމަށްވެސް އެފަރާތުން ބުނެއެވެ.

މި މުބާރާތުގައި ހަމައެކަނި ބައިވެރި ވެފައިވަނީ އައްޑޫސިޓީ މީދޫގައި މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ މެދުގައި ނަގާ ލެވުނު ޓީމުތަކަށެވެ. އެގޮތުން މި މުބާރާތުގައި ޖުމްލަ 7 ޓީމުން ބައިވެރި ވެފައި ވެއެވެ. އެއީ ގުރޫޕް “އޭ” ގައި ހިމެނޭ އެފްސީ ބަސްޕާކް، ބްލެކް ހައުކްސް، ކްލަސްޓާ އެފްސީ އާއި ގްރޫޕް “ބީ” ގައި ހިމެނޭ އެތްލެޓިކް އެފްސީ، އެފްސީ އަމީގޯސް، ސ.މީދޫ ވެޓެރަންސް އަދި އެފްސީ ކީރިތި އެވެ. މި މުބާރާތުގައި ފުރަތަމަ ބައްދަލުކުރާނީ “ބްލެކް ހައުކްސް” އާއި “ކްލަސްޓާ އެފްސީ” އެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް ކަނޑައެޅިފައިވާ، ވާދައިގެ ތަށްޓާ އެކު ސެޓްފިކެޓް ދިނުމަށް ޖަމަޖެހިފައި ވާއިރު ރަނަރއަޕްޓީމް އަދި އެންމެ މޮޅު ހަތް ކުޅުންތެރިންގެ އިތުރުން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފަިއވަނީ އަންނަ ހުކުރުދުވަހު ހަވީރު 4:30ގައި މީދޫ ރަސްމީ ސްޓޭޑިއަމްގައެވެ.