English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖް 2020 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެފްސީ އަމިގޯސް އާއި އެފްސީ ބަސްޕާކް ބައްދަލުކުރި މެޗު ފުޅާ ލީޑަކުން އެފްސީ އަމިގޯސް ކާމިޔާބުކޮށްފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އަމިގޯސް އިން ކާމިޔާބުކުރީ 9 ލަނޑު 03 ލަނޑުންނެވެ. އަމިގޯސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި 09 ވަނަ މިނިޓްގައި އެމިގޯސް ގެ ޑިއު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މުޅި މެޗުގައިވެސް ރަޔަން އާއި ލިވާޒްގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ރަޔަން އެ ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިންއިރު ލިވާޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.. މި މެޗުގައި ހުސައިން ރަޝީދު އެއް ލަނޑު ޖަހާފައިވާއިރު ބަސްޕާކްގެ އިންތި އަތުންވަނީ ބައިކޮޅެއް ލަނޑެއް ވަދެފައެވެ.

މި މެޗުގެ ދެވަނަ ހާފަގައި ބަސްޕާކް އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު އެ ޓީމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިމްރާން އާއި އިންތިއެވެ. މި ގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު އިންތި ކާމިޔާބުކޮށްދިން އިރު މެޗުގެ ސާޅީސް ހަތަރުވަނަ މިނިޓާއި ފަންސާސްދެވަނަ މިނިޓްގައި އިމްރާންވަނީ ދެ ލަނޑު ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އަމިގޯސް އަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން ރަޔަން އެވެ.

މި މުބާރާތުގައި ފައިނަލްގައި ބައްދަލުކުރާނީ އެފްސީ އަމިގޯސް އާއި އެތްލެޓިކް އެފްސީއެވެ. މި މަހުގެ 31 ވަނަ ދުވަހު ހަވީރު މީދޫ ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އޭއޯ ނިއުސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.