English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖްކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެތްލެޓިކް އެފްސީ އާއި ކްލަސްޓާ އެފްސީ ބައްދަލުކުރި މެޗު އެތްލެޓިކް އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ސެމީފައިނަލާއި ހަމައަށް ދަތުރުކުރި ކްލަސްޓާ އެފްސީ ބަލިކޮށް ފައިނަލްގެ ޖާގަ އެތްލެޓިކް އެފްސީ އިން ކަށަވަރުކުރީ 4 ލަނޑު 02 ލަނޑުން ކުރި ހޯދައިގެންނެވެ.

އިއްޔެގެ މެޗްގެ ފުރަތަމަ ލަނޑު ކްލަސްޓާ އެފްސީގެ ސާމިތު އެޓީމަށް ކާމިޔާބުކޮށްދިން އިރު އޭގެ ހަތްމިނިޓްފަހު އެތުލެޓިކް އެފްސީ ފައިސަމް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެ ޓީމުންވެސް މެޗުގެ ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ދެ ވަނަ ހާފްގައި ދެޓީމުގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މި ގޮތުން ދެވަނަ ހާފްގައި ކްލަސްޓާ އެފްސީ ގެ ޝާފިޒު އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު އެތްލެޓިކް އެފްސީ އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ކުޅެ ސާމިތުވަނީ މެޗުގެ ފަހު ހަތް މިނިޓްގައި އެ ޓީމަށް 03 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިއްޔެ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ މިމެޗްގައި 3 ލަނޑު ޖަހާ ހެޓްރިކް ހެދި އެތުލެޓިކް އެފްސީގެ ސަހާފްއެވެ.

މިއަދު މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެފްސީ ބަސްޕާކާއި އެފްސީ އަމިގޯސް ބައްދަލުކުރާމެޗު އޭއޯ ނިއުސް އިން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.