ޤަތަރުން މިއަހަރު ހައްޖަށް ދިއުމަށް ތައްޔާރުވެގެން ތިބި މީހުންނަށް މިއަހަރުގެ ހައްޖަށް ނުދެވި ހައްޖު ގެއްލިއްޖެއެވެ.
ޤަތަރުގު ހައްޖުގެ ކަންކަން ބަލަހައްޓާ ތަން، ޤަތަރުގެ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ސައުދީ އަރަބީއްޔާގެ ފަރާތުން ހައްޖަށް ފުރާމީހުންގެ ދަތުރު ފަތުރު އަދި އެމީހުން ސަލާމާތާ ރައްކާތެރިން ކަށަވަރު ކޮއްދޭ މައުލޫމާތުތަށް، ހިއްސާ ކުރުމަށް އެދުމުންވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ ޖޫންމަހު ސައުދި އަރަބީއްޔާގެ އިތުރުން 3 ގައުމަކުން ޤަތަރުން ދަތުތަށް ވަނީ ހުއްޓާލާފައެވެ. އަދި ޤަތަރުގެ ރައްޔިތުން އެ ޤައުމު ތަކުން ވަނީ ބޭރު ކޮއްލާފައެވެ.
ޤަތަރުގެ ހަބަރު ފަތުރާ މައި ނޫހުން އަންގާރަ ދުވަހު ބުނެފައި ވަނީ ޤަތަރުގެ ދީނީ ކަންކަމާ ގުޅޭ ފަރާތްތަކަށް ސައުދީން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށެވެ. މިކަންކަމުގެ ސަބަބުން ޤަތަރުން ހައްޖަށް ފުރަން ތިބި މީހުންގެ ކަންކަން އޮތީ މަޑު ޖެހިފައެވެ.
ޤަތަރުގެ އިންސާނީ ހައްގުތަކާ ބެހޭ ފަރާތުން ބުނެފައި ވަނީ ސިޔާސީ ހަމަނުޖެހުން ތަކުގެ ތެރެއަށް ދީން ވައްދައިގެން ނުވާނެ ކަމުގައެވެ. އަދި ސިޔާސީ ކަންކަމާއި އިންސާނީ ހައްގުތައް މަސްހުނިވެގެން ނުވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެނާ ބުނިގޮތުން ހައްޖަކީ ކޮންމެ މުސްލިމެއްގެ އިންސާނީ ހައްގެކެެވެ. އެލައެންސް އޮފް ފްރީޑަމް އެންޑްގެ މެދު އިރުމަތި އަދި އުތުރު އެފްރިކާ އަށް ކަންޑައަޅާފައިވާ ބައިގެ ބޮޑު މީހާ އަބްދުލް މަޖީދު މުރާރީ ބުނެފައި ވަނީ މައްކާ އަދި މަދީނާ އަކީ ހުރިހާ މުސްލިމުންގެ ތަނެއް ކަމުގައެވެ. އަދި ހައްޖުގެ އަޅުކަމުގައި އެއްވެސް ތަފާތެއް ނުގެންގުޅުވޭނެވެ.
އެހެން ގައުމު ތަކެކޭ އެއްފަދައިން ހައްޖު ކޯޓާ އޮންނަނީ ޤަތަރަށް ލިބިފައެވެ. އަދި އޭގެ ދަށުން ހުުރުމާއި ސަލަމާތީ ކަންކަމާއި އަދި އެހެނިހެން ކަންކަންވެސް ސައުދީގެ ބެލުމުގެ ދަށުން ދާނެެއެވެ. އަދި އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމުގެ މައުލޫމާތު އިތުރުން ދަތުރުގެ މައުލޫމާތު ހިއްސާ ކުރެއެވެ.
މިދިޔަ ހަފްތާގައި ސައުދީ ރަސްގެފާނު ވަނީ، ރަސްގެފާނުގެ ޙަރަދުގައި ޤަތަރުގެ ހައްޖުވެރިން ހައްޖަށް އައުމަށް ދައުވަތު ދީފައެވެ. ނަމަވެސް ގިނަ މީހުން މިކަން ސިފަ ކުރީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. ޤަތަރާއި މެދު އަމަލް ކުރާ ގޮތާއި ސައުދީ އެންމެ އިދިކޮޅު ގައުމު އިރާން އަށް ވެސް ވަނީ ހައްޖު ކޯޓާ ދީފައެވެ. އަދި އިރާނުގެ ސެންޓަރު ތަކެއްވެސް ވަނީ މައްކާގައި ހުޅުވިފައެވެ.