ގިބްލާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ނަމުގައި އުމްރާ އަށް މީހުން ގެންދަން ކަމަށް ބުނެ ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފިއެވެ.
ގިބްލާ ހައްޖު އެންޑް އުމްރާ ގްރޫޕުން ބުނީ އެ ކުންފުނީގެ ނަން ބޭނުންކޮށްގެން އުމްރާ އަށް ގެންދާކަމަށް ބުނެ ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެ ކުންފުނީގެ ހަވާލުގައި އުމްރާ އަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ކުންފުނީގެ އެކައުންޓު ނަމްބަރު ފިޔަވައި އެހެން އެއްވެސް އެކައުންޓަކަށް ފައިސާ ޓްރާންސްފާ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައިސާ ދެއްކެވުމަށް ފަހު ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބުނުކަން ޔަގީންކުރުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ،
އެ ކުންފުނީގެ ހަވާލުގައި އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 9666104 ނުވަތަ ކުންފުނީގެ އޮފީހަށް އައިސް ދަތުރުތަކަށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ގިބްލާ ހައްޖު އެންޑް އުމްރާ އިން ވަނީ ބުނެފައެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ގިބްލާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ނަމުގައި ފައިސާ ނަގަމުން ދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.