English Edition
Dhivehi Edition

ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޑަފަރީ ފުރަބަންދުކޮށްފި އެވެ.

ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނ. ކުޑަފަރީ ކައުންސިލަށް ފޮނުވި އިއުލާނުގައި ބުނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ދަށުން ސިއްހީގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި ވަކި ގޮތެއް އަންގަންދެން ކުޑަފަރީން މީހުން އަރައި ފޭބުން މަނާ ކޮށް ރަށް މޮނިޓަރިންގްއަށް ލާފައިވާކަމަށެވެ.

ކުޑަފަރީ ކައުންސިލަރު މުހައްމަދު ރަމީޒު ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ގެއިން ބޭރަށް ނުދާތާ އަހަރެއްހާ ދުވަސްވެފައިވާ މީހެއްކަމަށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ފައިގެ ރެނދެއް އެޅުމުގެ ސަބަބުން މަނަދޫ ހޮސްޕިޓަލަށް ފަރުވާދިނުމަށްފަހު މާލެއަށް ގެނައުމުންކަމަށެވެ،

ކުޑަފަރިން ބަލިމީހާ އާއި ކޮންޓެކްޓްވި ދެ މީހަކު ތިބިއިރު، މަނަދޫއިން 13 މީހެއްގެ އިތުރުން ސީ އެމްބިއުލާންސްގެ ކުރޫއިން ހިމަނައިގެން ޖުމްލަ 16 މީހަކު ގޭގައި އެކަހެރިވުމަށް މިހާރު ވަނީ އަންގާފައެވެ