English Edition
Dhivehi Edition

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން، ޖެޓީ ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމް ޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ. އަދި 183 މީޓަރުގެ ބޭރުތޮށި ލުމާއި، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން ހިމެނެއެވެ.

މީގެ އިތުރުން 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.