މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ސެކެޓްރީ ޖެނެރަލް އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ރައީސް ސައުދުﷲ އަހުމަދު ހަސަން, ގޭމްގެ ސެކެޓްރީ ޖެނެރަލް ކަމުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދުﷲގެ މައްޗަށް ކުރެވެނީ ގޭމްގެ އެޑްމިން ސްޓާފެއް ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކާއި ގުޅިގެން އެ މައްސަލަ ގޭމްއިން ބަލަމުން ދިޔައިރު އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި މޫސާ ނާސިހު ސޮއިކުރައްވާ މި މަހުގެ 05 ވަނަ ދުވަހު ސައުދުﷲއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގޭމްގެ އިންޓަނަލް އެފެއާޒް ކޮމިޓީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީގޮތުން ވަކިކޮށްފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަ ނުބެލުމުން ގޭމްގެ ރައީސް އިސްތިއުފާދެއްވައިފި
އެމައްސަލަ އެކަށީގެންވާ ގޮތަށް ނުބެލޭ ކަމަށް ވިދާޅުވެ ގޭމްގެ ރައީސް ކަމުން ނާސިހު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ކަނޑައެޅުމުން އިތުރަށް އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުރުމަކީ ޒަމީރު ގަބޫލު ކުރާކަމެއް ނޫންކަމަށެވެ.