English Edition
Dhivehi Edition

ގެސްޓު ހައުސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް މޫސާ ނަސީހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މޫސާ މަގާމުން އިސްތިއުފާދެއްވާފައި ވަނީ ގޭމްގެ އެޑްމިން ސްޓާފެއް ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އެ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަންގެ މައްޗަށް ކުރެ،ވި އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ބަލާފައިނުވާތީއެވެ.

އިސްތިއުފާގެ ސިޓީގައި މޫސާ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއް އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީއިން ބެލުމަށްފަހު ހިންގާ ކޮމެޓީއަށް ހުށަހެޅުނު ކަމަށާއި، ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ކަނޑައެޅުމުން އިތުރަށް އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުރުމަކީ ޒަމީރު ގަބޫލު ކުރާކަމަކަށް ނުވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.

ސައުދުﷲގެ މައްޗަށް ގޭމްގެ އަންހެން މުވައްޒަފަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތައް ކުރެވިފައިވާއިރު އެ މައްސަލަ އެ މުވައްޒަފު އެންމެ ފުރަތަމަ ހިއްސާކޮށްފައިވަނީ ގޭމްގެ އެކްސްކޯގެ މެމްބަރަކާއެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ފެންމަތިވި މި މައްސަލައާއި ގުޅިގެން ޖޫން 23 ވަނަ ދުވަހު މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީއިން ބެލުމަށްފަހު ހިންގާ ކޮމެޓީއަށްވެސްވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް މި މައްސަލަ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.