English Edition
Dhivehi Edition
ޖިންސީ ފުރައްސާރައާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

ގދ. ތިނަދޫގައި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި، ސަރުކާރު ކުންފުންޏެއްގެ އިސްވެރިއަކު ވަޒީފާއިން ވަކިކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގައި މެނޭޖާ ލެވަލްގެ މަގާމެއްގައި ހުރި ފިރިހެނެކެވެ.

އެ މީހާ އަންހެން ކުއްޖާއަށް އެކި ގޮތްގޮތުން ފުރައްސާރަކޮށް، ކޮފީތަކަށް ގެންގޮސް “ކައުންސިލް ދޭން” ކަމަށް ބުނެ ނޭދެވޭ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ވަޒީފާއިން ވަކިކުރި މި މީހާއަކީ ކުރީގެ ސަރުކާރުން އެ މަގާމަށް އައްޔަންކުރި މީހެއްކަން ވެސް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިފަދަ ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.