English Edition
Dhivehi Edition

ދިރާގުގެ ފަރާތުން ސ. ހުޅުމީދޫގައި ހިންގަމުން އައި ދިރާގުގެ ޕާޓްނާ ޝިޕް ފިހާރަ ބަންދުކުރުމާ ގުޅިގެން ހުޅުމީދޫގައި” ދިރާގު ރީޖަނަލް ޕާރޓްނަރ ” ފިހާރައެއް ހިންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 މެއި 2017 ވާ ހޯމަދުވަހުންފެށިގެން 18 މެއި 2017 ބުރާސްފަތިދުވަހުގެ ރަސްމީގަޑީގައި ދިރާގު އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ ފޯން 3311256 އާއި ގުޅުއްވައި ނަން ނޯޓް ކުރައްވަމުން ގެންދެވުމަށް އެ ކުންފުނިންވަނީ އިއްލާންކޮށްފައެވެ. ނަން ނޯޓްކުރައްވާ ފަރާތްތަކުން 18 މެއި ދުވަހު 12:00އަށް ދިރާގުގެ ހެޑް އޮފީހުގެ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ނުވަތަ ހުޅުމީދޫގައި ހުންނަ ދިރާގު އޮފީހަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްވަނީ އަންގާފައެވެ.ހަމައެކަނި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާއިރު، ޕްރީބިޑް މީޓިންއަށް ފަހު ޕްރޮޕޯޒަލް ހުށަހަޅާނެ ދުވަހެއް އިއުލާން ކުރާނެކަމަށް ދިރާގުންވަނީ ބުނެފައެވެ. ހުޅުމީދޫގައި ދިރާގުން ހިންގަމުން އައި ޕާޓްނާ ޝިޕް ފިހާރަ ބަންދުކުރުމާ ގުޅިގެން ހުޅުމީދޫގެ ގިނަ ރައްޔަތުންނަށްވަނީ ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިވެފައެވެ.