English Edition
Dhivehi Edition

1976 ވަނަ އަހަރު އައްޑޫ އިން އިނގިރޭސިން ފައިބައިގެން ދިޔަ ފަހުން އައްޑޫގެ ރައްޔަތުން ތިބި ނިކަމެތި ހާލުން ސަލާމަތްކޮށް ތަރައްގީ ގެނެސްދިނީ މި ސަރުކާރުން ކަމުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

ރޭ އެއްލަކިން ޖަގަހަ ހުޅުވުމަށް މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އައިބީ ވިދާޅުވީ ރޮކެޓް ސްޕީޑުގައި ނަރުދަމާ އާއި ސާފު ބޯފެން އަދިވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް މި ސަރުކާރުން އައްޑޫއަށް ގެނެސްފައިވައިވާކަމުގައެވެ. އައްޑޫ އަތޮޅުގައި ހިގަމުންދާ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން އައިބީ ވިދާޅުވީ ކުރީ ޒަމާނުގައި ކަނޑު ދަތުރު ފަތުރުކުރާ އިރު މީހުން ބިރު ގަންނަނީ ރަންނަމާރީ އާއި ހެދިކަމުގައެވެ. “ރައީސް ޔާމީނުގެ ސަރުކާރުގަ މާލިމީން ބިރު ގަންނަނީ ތަރައްގީގެ ބޯޓު ފަހަރާހެދި.އޭގެއިން ބޯޓެއްގައި ޖެހިދާނެތީ” އައިބީ ވިދާޅުވިއެވެ.

މީދޫ ދާއިރާގެ މެމްބަރަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން އައިބީ ވިދާޅުވީ މީދޫ ދާއިރާގެ މެމްބަރަކީ ރާއްޖެ ޓީވީގެ ކެމެރާމަނެއް ކަމުގައެވެ.” މިދާއިރާގެ މެމްބަރު އުޅުއްވަނީ ފޮޓޯ ނަގަން. މި ރަށަށް ތަރައްގީ އަންނަނީ ހުޅުދޫ ދާއިރާގެ މެމްބަރު ޝާޑުގެ ސަބަބުން. “މީދޫގައި ހިގަމުންދާ ތަރައްގީގެ މަޝްރުއުތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން އައިބީ ވިދާޅުވިއެވެ.

މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންތައްތަކަށް އައިބީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ

ޓެގު