ރައީސް އަބްދުއްﷲ ޔާމީން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ ބޮޑު ބިޔަ މަޝްރޫއުތައް އިދިކޮޅު ފަރާތްތަކަން ރަށްރަށަށް އަރާ ވަގަށް ނަގަމުންދާކަމަށް ވިދާޅުވެ ރައްޔަތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ(އައިބީ) އިދިކޮޅު ފަރާތްތަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ
މިރޭ ގދ.ތިނަދޫގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ހެއްޔޯސާ ޖަލްސާގައި ވާހަކަދައްކަވަމުން އައިބީ ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.”ތިނަދޫގައި ރައީސް ޔާމީން ހިންގަމުން ގެންދާ ބޮޑެތި މަޝްރުއުތައް އިދިކޮޅު ފަރާތްތަކުންދަނީ ވަގަށް ނަގަމުން. އެހެންވެ އަޅުގަނޑު މިދަންނަވަނީ ވަގުންނަށް ހީވެފައި އޮންނަނީ ދެންވެސް ތިބޭނީ ވަގުން ހެން.އެއީ ހަމަ ހިޔާނަތްތެރިން” އައިބީ ވިދާޅުވިއެވެ
ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އިއިބީ ވަނީ ނަޝީދުއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ” ނަޝީދު ވިދާޅުވި މި ރާއްޖޭގެ ރައްޔަތުންނަށް ކާންދޭނީ ކަނޑު ގުރުވައޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކާން މި ލިބުނީ ރޮނޑުހަން.”އައިބީ ވިދާޅުވިއެވެ. މީގެ އިތުރުން އައިބީ ވިދާޅުވީ މިރޭ ބާއްވާ ޖަލްސާއަކީ ރައީސް ޔަމިން ކޮށްދެއްވާ ބުރަ މަސައްކަތާއި ތަރައްގީގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށާއި އެކަން ރައްޔަތުން އެ މަނިކުފާނަށް ދައްކަވައިފިކަމަށެވެ