English Edition
Dhivehi Edition

ހުޅުމާލޭގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެ މީހުން ހުޅުމާލޭގައި މުޒާހަރާކޮށްފިއެވެ.

ހުޅުމާލޭގެ އަމީން އެވެނިއު ފްލެޓްތަކުގެ ބިއްދޮށުން އޮންނަ ސަރަހައްދުގައި މުޒާހަރާ ކުރި ބިދޭސީންނަކީ، ސިފައިންނާއި ފުލުހުންނަށް، ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާ ބިދޭސީންނެވެ. އެ ބިދޭސީން މުޒާހަރާކޮށްފައި ވަނީ، އެ މީހުންނަށް އަށް މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ބުނެ އެވެ.

މުސާރަ ނުދޭ ކަމަށް ބުނެ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުން މިދިޔަ މަހުގެ ތެރޭގައިވެސް މުޒާހަރާކޮށްފައިވާއިރު މިއަދުގެ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިޔައީ ފުލުހުން އައިސް ނަސޭހަތް ދިނުމުންނެވެ. ފުލުހުން މިއަދު ބުނީ، މުޒާހަރާ ކުރި މީހުން މަސައްކަތް ކުރާ ތަނަށް އެއްވެފައިވަނީ އެމީހުންނަށް ލިބެންޖެހޭ މުސާރަ ނުލިބުމުގެ ސަބަބުންނެވެ.އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ބިދޭސީންނަށް މުސާރަނުދޭ ކަމުގެ ޝަކުވާތަކާއެކު މިދިޔަ ހަފްތާގައި ބ. ބޮޑުފިނުޅުގައި ވަނީ ބިދޭސީންނަށް މުސާރަ ނުލިބުމުން ދިވެހިންތަކެއް ރަހީނުވެސް ކުރި އެވެ.