މި ސަރުކާރަކީ ލީގު ކުޅޭ ބައެއްމަށާއި އެއް މެޗުން ބަލިވިޔަސް މި ޓީމު ތަށި ނަގާނެ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ މީދޫ އެއްލަކިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ޝާހިދުވަނީ ފުރަތަމަ ފަހަރަށް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާފައެވެ.”ރައްދު ދޭން މި ޖެހުނީ ކީއްވެތޯ؟ އަޅުގަނޑަކީ ކަންކޮށްފަ އެކަން ދައްކާމީހެއް. އިދިކޮޅު ފަރާތްތަކުން ކިޔާ އަޑު އެބައިވޭ ހަތެއް ސުމެކޭ. މީ ކޮން ހަތެއް ސުމެއްތޯ؟ ބަލަ އަޅުގަނޑުމެންނަކީ ލީގު ކުޅޭ ބައެކޭ. ” ޝާޑު ވިދާޅުވިއެވެ. ޝާޑު ވިދާޅުވީ ރައީސް ޔާމީން އަކީ ތަޖުރިބާކާރު ކެރޭ ހިތްވަރުގަދަ ލީޑަރެއް ކަމުގައެވެ. އަދި ރައީސް ޔާމީން އަކީ ހަމަ އެކަނި ތަރައްގީގެ މަޝްރޫއުތައް ފައްޓަވާ ވެރިއެއް ނޫންކަމަށާއި މަޝްރޫއުތައް ނިންމަވާ ވެރިއެއް ކަމުގައެވެ.
ޑޮކްޓަރު އިބްރާހިމް ދީދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝާހިދުވަނީ ޑީޑީ ދައްކަވާފައިވާ ވާހަކަތަކަށް ރައްދުދެއްވާފައެވެ. “އަޅުގަނޑުމެންގެ ސަރުކާރަކީ ރައްޔަތުންނަށް އޮޅުވާލެނެ ސަރުކާރެއް ނޫން. މި ތިން އަހަރު ތެރޭ މިދެރަށުގެ 150 ޒުވާނުންނަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ ވަޒީފާގެ ފުރުސަތު ހޯދައިދީފަ. ކުރިން ދަތުރު ފަތުރުކުރާށޭ ބުނެ ދެތިން ރިސޯޓު ހޯދާފަ މި އަތޮޅަށް ދީފައިވަނީ ބޮއްކުރާއެއް. “ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި ނަރުދަމާ އާއި ފެންހޮޅި ވަޅުލުމަށްފަހު މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.