English Edition
Dhivehi Edition

ވާޗުއަލްކޮށް އެސެމްބްލީ ބާއްވައިގެން ޝަރަފުއްދީން ސްކޫލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. މިމަހުގެ

ފުރަތަމަ ދުވަހު އާ ޢާއްމު ޙާލަތުގައި ކިޔަވައިދޭން ފެށުމަށްފަހު މިއަދު ޝަރަފުއްދީން ސްކޫލްގައި ދެދަންފަޅީގައި ކިޔަވުން ފެށުމުގެ ކުރީން ވަނީ ޚާއްޞަ އެސެމްބްލީ އެއް ބާއްވާފައެވެ. މި އެސެމްބްލީގައި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވެފައި ވަނީ ގައިދުރުކަމާއެކު ކުލާހުގައި ތިބެ ޓެބްލެޓް ބޭނުންކޮށްގެން އޮންލައިން ކޮށެވެ.


މިއަދު ހެނދުނު ކުރިއަށްގެންދެވުނު ހެނދުނު ދަންފަޅީގެ އެސެމްބްލީގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑޮކްޓަރ އަބްދުﷲ ރަޝީދު އަޙުމަދެވެ.

މެންދުރުފަހުގެ އެސެމްބްލީގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ފާޠިމަތު ނަޞީރެވެ. އެދަަންފަޅީގެ އެސެމްބްލީގައިވެސް ޚާއްޞަ މެހުމާނު ދަރިވަރުންނާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އުނގެނުމަށް ހިއްވަރުދެއްވައި ގިނަގުނަ ނަޞޭހަތް ދެއްވިއެވެ.

ދެދަންފަޅީގެ އެސެމްބްލީގައި ދަރިވަރުން ދެއްކި ވާހަކައިގައި ކޯވިޑްގެ ޙާލަތުގައި އުނގެނުން ކުރިއަށް ގެންދިއުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އާއިޝަތު ޢަލީ ކުރައްވާފައިވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރިއެވެ. ދެދަންފަޅީގެ އެސެމްބްލީ ވެސް ނިމިގެންދިޔައީ ސްކޫލްގެ ޕްރިންސިޕަލް ޙުސައިން މުޞައްވިރު ދަރިވަރުންނާއި މުޚާޠާބު ކުރެއްވުމަށް ފަހުގައެވެ.