English Edition
Dhivehi Edition
ޝަރަފުއްދީން ސްކޫލްގައި ހަދާ ޓާފް ދަނޑު/ފޮޓޯ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ

އައްޑޫސިޓީ ޝަރަފުއްދީން ސްކޫލްގެ ގޯތިތެރޭގައި ހަދަމުންދާ ޓާރފް ޕިޗުގެ މަސައްކަތް ނިންމާލައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އައްޑޫސިޓީ ޔުނިޓުން މޭ މަހުން ފެށިގެން ކުރަމުން އައި މިމަސައްކަތް ނިންމާ، ތަން ސްކޫލާއި ޙަވާލުކޮށްފައިވާކަމަށް އައްޑޫ ޕަބްލިކް ވާކްސް ޔުނިޓުން މަޢުލޫމާތު ދެއްވައެވެ. މިއީ 70 ފޫޓު 135 ފޫޓު ބޮޑު މިނުގެ ޕިޗެކެވެ.

ޝަރަފުއްދީން ސްކޫލުގެ މި ޕިޗުގައި ކައިރި ތާރީޚެއްގައި ޓާފުއެޅިގެންދާނެ ކަމަށް ސިޓީތަކާއި ޢާންމު މަސައްކަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިފަދަ ދަނޑެއް ޝަރަފުއްދީން ސްކޫލްގައި ހެދިގެން ދިއުމަކީ ސްކޫލުގެ ދަރިވަރުންނަށް ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމެއްކަމަށް އެސްކޫލުން ދެކެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ މި ބާވަތުގެ އެކި މަސައްކަތްތަކުގައި އެ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މިހާރުވެސް އައްޑޫސިޓީއިން އަލަށް ދޫކުރާ ބިންތައް ހިމެނޭ ސަރަޙައްދުގެ މަގު ހެދުމާއި ލެވެލް ކުރުމުގެ މަސައްކަތް އެޔުނިޓުން ދަނީ ކުރަމުންނެވެ.