English Edition
Dhivehi Edition
14 ޖޫން 2023: އެމްއެންޑީއެފުން ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ބޭސިކް ފަޔަރ އެވެއަރނެސް ކްލާހުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

ޝަރަފުއްދީން ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސްކޫލުގެ 49 ދަރިވަރުން ބައިވެރިވިއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ޢަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައްވެސް މިއަދުގެ ސެޝަނުގައި ކިޔައިދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ކުލާހުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.