English Edition
Dhivehi Edition
ފޮޓޯ:އެމްއެންޑީއެފް

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންނަށް ޓީމް ބިލްޑިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި މަހުގެ 22 ވަނަ ދުވަހު އައްޑޫ ސިޓީ ގަމު ތެޔޮ ޖެޓީ ބީޗުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގައި މަސައްކަތްކުރާ 150 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

މި ސެޝަންގައި ކުރިއަށް ގެންދެވުނު ބައިތަކުގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ޓީމް ހަރަކާތްތަކާ ކުޅިވަރިތަކުގެ އިތުރުން ތިއަރެޓިކަލް އެސްޕެކްޓްސް އޮފް ޓީމްސްއާ ބެހޭ ބްރީފިންގއެއް ވަނީ ބައިވެރިންނަށް ދީފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ސެޝަނުގައި ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތް ކުރާ ސިފައިންކަމަށެވެ.