English Edition
Dhivehi Edition
ޕީޕީއެމުން ހުޅުމީދޫގައި ބޭއްވި ވެހިކަލް ބުރު: ފޮޓޯ ލުބްނާ މަޖީދު މުޚްތާރު އޭއޯ ނިއުސް

ޕީޕީއެމްގެ ލީޑަރޝިޕުން އައްޑޫސިޓީގެ ހުޅުދޫ މީދޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ހުޅުމީދޫގައި ބޭއްވި ހަރަކާތް ވަރަށް ކާމިޔާބުކަމުގައި އެޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކުވެސް ބައިވެރިވެވަޑައިގެންނެވި މި ހަރަކާތުގައި އިއްޔެ ވަނީ ހުޅުމީދޫގެ މަގުތަކުގައި ވެހިކަލް ބުރެއް ބާއްވާފައެވެ. ހުޅުދޫ ފާލަން ސަރަހައްދުން ފެށި މި ބުރު ގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މި ބުރު ކުރިއަށް ދިޔަ ވަގުތު މީދޫގައި އަލަށް ތައްޔާރުކުރި ޕީޕީއެމްގެ އޮފީސް ވަނީ ހުޅުވައިދެއްވަވާފައެވެ.

ހުޅުދޫ ޖެޓީ ސަރަހައްދުން ފެށި މި ބުރުގައި ހުޅުދޫ އަދި މީދޫގެ ބޮޑެތި މަގުތަކުން ގޮސް ބުރު ނިންމާލާފައިވަނީ އަނެއްކާވެސް ހުޅުދޫ ޖެޓީ ސަރަހައްދަށެވެ.

ހަވީރު ބޭއްވި ވެހިކަލް ބުރަށް ފަހު ރޭ، މީދޫގައި އަލަށް ހުޅުވި “އެއްލަކިން” ޖަގަހައިގައި ވަނީ އާންމު ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ޕީޕީއެމްގެ މި ދަތުރަކީ ހުޅުމީދޫގައި މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ވަކިން ޚާއްޞަކޮށް ޒުވާނުންގެ ފަރާތުން ރައީސް ޔާމީނަށް އޮތް ސަޕޯޓް އަންގައިދިނުމަށް ބޭއްވި އިވެންޓެއް ކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަލީ މުހައްމަދު (އައްދު)ވިދާޅުވިއެވެ.