English Edition
Dhivehi Edition

ގދ.ތިނަދޫ އިން އައްޑޫ ސިޓީއަށް ގެންދިޔަ 5.5 ކިލޯގެ ހެރޮއިން އަތުލައި, ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ ތިން މީހުންނެވެ.

އިއްޔެ ހަވީރު 17:20 އެހާކަންހާއިރު، އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިން މި މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުން ދަތުރުކުރި ލޯންޗް ބަލައިފާސްކުރިއިރު އެލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ވަނީ ފެނިފައެވެ.

އެތަކެތީގެ ވަގުތީ ބަރުދަނަކީ 5.5 ކިލޯ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.