ހުކުރު ދުވަހުގެރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމައިފިއެވެ.
ދެ ފިރިހެނަކު މަސްތުގެ ހާލަތުގައި އަންހެނަކު ރޭޕްކުރި މައްސަލަ ފެންމަތިވެ، އެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމާއި ގުޅިގެން ޕުލުހުންނަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވިޓެއްގައި އެ މައްސަލަ ކޮމެޓީން ބަލަން ނިންމިކަންވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރޮޒައިނާ ކުރެއްވި ޓުވިޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރް ޖީހާން މަހްމޫދް އެ މައްސަލަ މާދަމާ އޮންނަ އެ ކޮމެޓީގެ ބައްދަލުވުމުގައި ބެލުމަށް ހުށަހެޅީތީ ޝުކުރު ދަންނަވާ ކަމަށެވެ. މާދަމާގެ ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ، ކޮމިޓީގެ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަމަށް ރޮޒައިނާ ވިދާޅުވެފައިވާއިރު މި މައްސަލައިގެ ބައްދަލުވުމުގައި ޖީހާން ބައިވެރިވަޑައި ނުގަންނަވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ރޮޒައިނާ ހާމަކުރައްވާފައެއް ނުވެއެވެ.
I applaud MP @JeehanJMS for putting the Hulhumale’ Rape case on the agenda for tomorrow’s Human Rights Committee meeting. Deputy chair MP @FitteyZ will be chairing the committee. We will look into the matter thoroughly. ??? pic.twitter.com/gljVKsiLpt
— ?? ??????? ???? ? (@Roxeyna) June 28, 2020
އިތުރަށް ރޮޒައިނާ ވިދާޅުވީ މި މައްސަލައިގައި ޕޮލިހުންގެ އިހުމާލެއްވޭތޯ ބަލައި މިކަމަށް ނޭޝަނަލް އިންޓިގްރިޓީ ކޮމިޓީއިން ކުރަމުންދާ ކަމެއް އޮތްތޯ ބެލުމަށް މާދަމާގެ މިނިވަން މުއައްސަސާ ކޮމިޓީ ގައި އެޖެންޑާ ކޮށްފައިވާކަމަށެވެ.
ބިދޭސީ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ގިނަ ބަޔަކު ގޮވަމުން އަންނައިރު މި މައްސަލަ ހިއުމަަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިންވެސް ބަލުމަށްވަނީ ނިންމާފައެވެ.