English Edition
Dhivehi Edition

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ހުރިހާ އާމްދަނީ އެއް މުޅިން ހުއްޓުނު ކަމަށް “ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19″ މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސަރވޭއިން ދައްކައިފިއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ. އެޗް.ޕީ.އޭ.އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ މި ސަރވޭގައި 2871 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 2697 މީހެއްގެ ފަރާތުން ސަރވޭއަށް ބޭނުންވާ ފުރިހަމަ ބައިވެރިވުން ލިބިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. އެޗް.ޕީ.އޭއިން ވަނީ މި ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަަޢުލޫމާތުތަކުގެ ތަފާސް ހިސާބުތައް ހިމެނޭހެން ތިންވަނަ ރިލީޒް މިހާރު އާއްމުކޮށްފައެވެ.

ސާވޭގެ ނަތީޖާ އިއްޔެ އާންމު ކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ ވެސް އަންނަ މަހު ގެއްލޭނެ ކަމަށް އެ ސާވޭ އިން ދައްކަ އެވެ. މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ. އެކަމަކު، ކޮންމެ 10 މީހެއްގެ ތެރެއިން ފަސް މީހެއްގެ ވަޒީފާ ސަލާމަތްވި ކަމަށް ސާވޭގައި ބައިވެރިވި މީހުން ވަނީ ބުނެފައެވެ.

މާލީ ޚަރަދުތައް ދެކޮޅުޖެއްސުމުގައި ގޮންޖެހުން ކުރިމަތިވި މިންވަރާއި، ޢާމްދަނީ ހޯދުމަށް ކުރާ މަސަައްކަތްތަކަށް ކުރި އަސަރުތަކާއި، ވަޒީފާ އަދާކުރަމުންދާގޮތާއި މެދު ބައިވެރިން ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލީ ޚަރަދުތައް ހަމަޖެއްސުމަށް އުނދަގޫވިކަމަށެވެ
އެގޮތުން ސަރވޭގެ ބައިވެރިންގެ ތެރެއިން 65 އިންސައްތަ މީހުން ބުނެފައިވަނީ ކޮވިޑް-19ގެ ސަަބަބުން އެމީހުންގެ ޒަރޫރީ ބޭނުންތަކަށް މަލީ ޚަރަދުތައް ދެކޮޅުޖެއްސުމަށް ވަރަށް ބޮޑަށް އުނދަގޫވިކަމަށެވެ. އަދި 23 އިންސައްތަ މީހުން މާލީ ޚަރަދުތައް ދެކޮޅުޖެއްސުމަށް ކޮންމެވެސް ވަރަކަށް އުނދަގޫވިކަމަށް ބުނެފައިވާއިރު، 12 އިންސައްތަ މީހުން ވަނީ އެކަމާމެދު އެއްޗެއް ބުނަން އަދި އަވަސްކަމަށް ބުނެފައެވެ.

ކޮވިޑް-19ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވުމުގެ ކުރިންވެސް މި ސަރވޭގައި ބައިވެރިންގެ ތެރެއިން ޢާމްދަނީ ހޯދުމަށް 71 އިންސައްތަ މީހުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އަދި 16 އިންސައްތަ މީހުން ތަފާތު ވިޔަފާރި ހިންގައިގެ ޢާމްދަނީ ހޯދަމުންދިޔައިރު، ކުއްޔާއި، ޕެންޝަން އަދި އެހެނިހެން ގޮތްގޮތުން 6 އިންސައްތަ މީހުންނަށް ޢާމްދަނީ ލިބިފައިވެއެވެ. އަދި ކޮވިޑް-19ގެ އައުމުގެ ކުރިންވެސް ސަރވޭގައި ބައިވެރިވި 7 އިންސައްތަ މީހުންނަށް ޢާމްދަނީއެއް ލިބިފައެއްނުވެއެވެ.

ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19” މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ މި ސަރވޭއަކީ އެޗް.ޕީ.އޭއާއި އެމް.އެން.ޔޫ ގުޅިގެން ކުރިއަށްގެންދާ ޢިލްމީ ދިރާސާއެކެވެ. މި ދިރާސާއަކީ ސިއްހީ ދިރާސާކުރާ ޤައުމީ ކައުންސިލުން ފާސްކޮށްފައިވާ ދިރާސާއެކެވެ.