English Edition
Dhivehi Edition
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ރިޔާޒު ޢައްޔަނުކުރެއްވި މަހްމޫދު - ފޮޓޯ: ކަސްޓަމްސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް މިއަދު ބޭފުޅާކު ޢައްޔަންކުރައްވައިފި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މއ. ޑެއިންޓީ، މަޙްމޫދު ރިޔާޒު އެވެ. ރިޔާޒު މި މަޤާމަށް ޢައްޔަންކުރައްވާފައި މިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ނުޢުމާން އަވަހާރަވުމާއި ގުޅިގެން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ޝަރީފް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ޢައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން މަޙްމޫދު ރިޔާޒު ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓްގެ މަޤާމުގަ އެވެ. އޭނާ ވަނީ ކަސްޓަމްސް އަށް 27 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފަ އެވެ.