English Edition
Dhivehi Edition
ކުރިން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތި ފޮޓޯ: ކަސްޓަމްސް

ސްރީލަންކާ އިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ ހޯމަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެއަށް އައި 65 އަހަރުގެ ދިވެހި ފިރިހެނެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ ދުވަހު އަތުލައިގެން މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށާއި އޭގެ ބަރު ދަނަކީ 349 ގްރާމް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކު މިދިޔަ ބުދަ ދުވަހު ވެސް ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު މި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.