English Edition
Dhivehi Edition

ޔުއެފާއިން ހޮވާ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކްރިސްތިއާނޯ ރޮނާލްޑޯ މިރޭ އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުނެގުމުގެ ރަސްމީޔާތުގައި ހޯދާއިފިއެވެ.
މި އެވާޑް ރޮނާލްޑޯ ހޯދާފައިވަނީ މިއެވޯޑް ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އަދި ޖުވެންޓަސްގެ އިޓަލީ ކީޕަރު ބުފޮންއާއި ވާދަކޮށްގެންނެވެ.

މިއެވޯޑް ރޮނާލްޑޯ ހޯދާފައިވާއިރު ރޮނާލްޑޯވަނީ މިދިޔަ ސީޒަންގައި ރިއަލްމެޑްރިޑްއަށް ޗެމްޕިއަންސް ލީގާއި ލަލީގާ ހޯދައިދިނުމުގައި މުހިން ރޯލެއް އަދާކޮށް 12 ލަނޑު ޖަހައި ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދާފައެވެ.
މި އެވޯޑަށް ވޯޓް ދިނުމުގެ ފުރުސަތު ޔުއެފާގެ 55 ގައުމުގެ ފުޓްބޯޅަ ނޫސްވެރިންނަށާއި ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގައި ވާދަ ކުރާ 80 ޓީމުގެ ކޯޗުންނަށް މި އެވޯޑަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

މި އެވޯޑްއަށް ވާދަ ކުރާ ފައިނަލް ކުޅުންތެރިއަކަށް އެ ޓީމް އެއްގެ ކޯޗަކަށް ވޯޓް ނުދެވޭނެއެވެ.
މީގެ ކުރިން ރޮނާލްޑޯ އާއި މެސީ ދެ ފަހަރަށް ކޮންމެ ކުޅުންތެރިއަކަށް މިއެވާޑް ކާމިޔާބު ކޮށްފައި ވާއިރު ބުފޯންއަށް އަދި މިހާތަނަށް މި އެވޯޑް ހޯދިފައެއް ނުވެއެވެ.މި އެވޯޑް މެސީ 2010/2011 އަދި 2014/2015 ވަނަ އަހަރު ހޯދާފައިވާއިރު ރޮނާލްޑޯވަނީ 2013/2014 ވަނަ އަހަރާއި ބަޔާން އަށް ކުޅޭ ފްރާންސްގެ ފްރޭކް ރިބަރީ އާއި ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އިނިއެސްޓާއެވެ.

ޓެގު