ލީގުގައި ލަނޑު ނުޖެހޭތީ ސަޕޯޓަރުންގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ހެޓްރިކުން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ރިއަލްމެޑްރިޑްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ރޭ ރިއަލްގެ ދަނޑުގައި ކުޅުނު މިމެޗު ރިއަލްއިން ކާމިޔާބުކޮށްފައިވަނީ 2-5 ލަނޑުންނެވެ.
ރޭ ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ލޫކަސް ވަޒްކުއޭޒްގެ ލަނޑުން ރިއަލް ލީޑު ނަގާފައިވާއިރު ރެއާލްގެ ދެވަނަ ލަނޑުޖަހައި މެޗުގެ ލީޑު ފުޅާކޮށްދީފައިވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއެވެ.އަދި މެޗުގެ ތިންވަނަ ލަނޑު ރިއަލްއަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ. އަދި އޭގެ ތިން މިނެޓްފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ފައިވާއިރު ރޮނާލްޑޯ ވަނީ މެޗުގެ 80 ވަނަ މިނެޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.
ސޮސިއެޑާޑުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ބައުޓިސްޓާ ކާމިޔާބު ކުރި އިރު އަނެއް ލަނޑު ޖަހާފައިވަނީ ކުރިން ރެއާލް އަށް ކުޅުނު އިޔަރަމެންޑީއެވެ.
ރޭގެ މޮޅާ އެކު ރެއާލް އޮތީ 42 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި 58 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.