English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، މީގެ ފަހުން އެމްޕީއެލްގެ ޚިދުމަތް ހޯދާ ފަރާތްތަކުން މާސްކު އަޅައިގެން ޚިދުމަތް ހޯދުށް އެމްޕީއެލް އިން އެދިއްޖެއެވެ.

އެމްޕީއެލް އިން ބުނެފައިވަނީ، ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ފެރިީއިން ދަތުރު ކުރާ ހުރިހާ ފަރާތްތަކުންނާއި، ފެރީ ޓާމިނަލަށް ޚިދުމަތް ހޯދުމަށް ދާ ހުރިހާ ފަރާތްތަކުންވެސް މާސްކް އަޅައިގެން ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ނަގުދު ފައިސާގެ މުއާމަލާތު ކުރުމަށްޓަކައި އެމްޕީއެލްގެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނެގުމަކީ އެދެވިގެންވާ ކަމެއް ކަމުގައި އެމްޕީއެލް އިން ބުނެއެވެ. މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރާ ކަމަށްވެސް އެމްޕީއެލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާތަނަށް 2،238 ވަނީ އަރައިފައެވެ. މިހާތަނަށް މިބަލިން 1,829 މީހުން ރަނގަޅުވެފައި ވާއިރު, އަށް މީހަކު މިބަލީގައި ނިޔާވެފައި ވެއެވެ.