English Edition
Dhivehi Edition

ބޭނުން ވަނީ އަވަހަށް ލުއިވާން ހެއްޔެެވެ؟ ތިމާގެ ރީތި ބައްޓަމާ ރީތި ސިފަ ގެއްލެން އެއްވެސްމީހަކު ނޭދޭނެއެވެ. ޕާޓީ އަކަށް ނުވަތަ ކޮންމެވެސް ހާއްސަ ތަނަކަށް ދާން ގަޔަށް ފިޓް ކޮށް ހެދުމެއްލާން ބަލާއިރު އެކިތަން ތަނުން މަސްގަނޑު ގަނޑު ނުކުމެފައި ހުންނަން އެއްވެސް މީހަކު ބޭނުމެއްނުވާނެއެވެ. ރައްޓެއްސަކު ނުވަތަ ލޯބިވެރިޔާ ތިމާއާއި ދިމާއަށް ފަލަ އޭ ބުނުވަން އެކަކުވެސް ބޭނުމެއްނުވާނެއެވެ. ރީތި ލޫޅާ ފަތި ހަށިގަނޑެއް ބޭނުންނަމަ މި ޑައިޓް ތަޖުރިބާ ކޮއްލުން މުހިއްމެވެ.

އަދި ހަމަ ޑައިޓެއް ކުރަމޭ ކުރާނަމޭ ބުންޏަސް ނުހިކޭނެއެވެ. އެކަމަށްޓަކައި ތިމާގެ ސިކުނޑި އެކަމެއް ތައްޔާރު ކޮށް ނަގަން ބޭނުންވާ ޑައިޓް އަކަށް ތާވަލެއް ހަދާ ވަރަށް ރަނގަޅަށް ތައްޔާރު ވެލަން ޖެހޭނެއެވެ.

ފުރަތަމަ ދުވަސް- މޭވާ

ފުރަތަމަ ދުވަހަކީ އެންމެ މުހިންމު ދުވަހެވެ. ސަބަބަކީ އެންމެ 7 ދުވަހުން ތިމާގެ ރީތި ކަން ގެނައުމަށްޓަކައި އެންމެ ފުރަތަމަ ބިންގާ އަޅަން އުޅޭތީއެވެ. އެހެންކަމުން ފުރަތަމަ ދުވަހުގައި ކާން މިޖެހެނީ މޭވާ އެކަންޏެވެ. ކާހިއްވާ ފަސޭހައިން ލިބޭ ކޮންމެ ވައްތަރެއްގެ މޭވާއެއްވެސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް ހަނދާން ބަހައްޓަން ޖެހޭކަމަކީ ފުރަތަމަ ދުވަހު ދޮންކެޔޮ ނުކެވޭނެކަމެވެ. 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ. މިދުވަހު އެހެން އެއްވެސް އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. މާ ބޮޑަށް ބަނޑުހައިވާނަމަ އިތުރަށް މޭވާ އާއި ފެން ބޯށެވެ.

ދެވަނަ ދުވަސް- ތަރުކާރީ

މިދުވަހު ބޭނުން ވައްތަރެއްގެ ތަރުކާރީ އެއް ފެނުކައްކައިގެން އަދި ރޮލަށްވެސް ބޭނުން ކުރެވިދާނެއެވެ. މީގެ ވިސްނާލަން ޖެހޭ ތަންކޮޅަކީ އެއްވެސް ވަރަކަށް ތެޔޮ ބޭނުން ނުކުރުމެވެ.ބޭނުން ނަމަ ފެނުކެއްކި އަލުވި ހެނދުނު ބޭނުން ކުރެވިދާނެއެވެ. އޭގެއިން ލިބިދޭ ހަކަތައިގެ ސަބަބުން މުޅި ދުވަސް ތަރުކާރިން ހިފަހައްޓަން ފަސޭހަ ވާނެތީއެވެ. ކުރިން ބުނި ފަދައިން މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ތިންވަނަ ދުވަސް- މޭވާ އަދި ތަރުކާރީ

މި ދުވަހު ބޭނުން ކުރަން ވާނީ ތަރުކާރީ އާ މޭވާ އެކަންޏެވެ.ނަމަވެސް ދޮންކެޔޮ އަދި އަލުވި ބޭނުން ނުކުރެވޭނެއެވެ. ބޭނުންނަމަ ހެނދުނު ތަރުކާރީ ބޭނުން ކުރުމައްފަހު މެންދުރު މޭވާ ބޭނުން ކުރެވިދާނެއެވެ. ދެން ރޭގަނޑު މޭވާ އާއި ތަރުކާރީ މިކްސް ކޮއްގެން ބޭނުން ކުރެވިދާނެއެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ހަތަރުވަނަ ދުވަސް-ދޮންކެޔޮ އަދި ކިރު

މިދުވަހު މަދުވެގެން 8 ނުވަތަ 10 ހަ ވަތް ދޮންކެޔޮ ބޭނުން ކުރަން ވާނެއެވެ.ހަމަ އެހެންމެ 3ތަށި ކިރު ބޯންވާނެއެވެ. ހަތަރު އިރައް ބަހާލައިގެން ބޭނުން ކުރުމުން ބަނޑުހައި ވާހެން ވެސް ހީނުވާނެއެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ފަސްވަނަ ދުވަސް- ޓޮމާޓޯ

މި ދުވަހަކީ ތިބޭފުޅުން ގެ އީދު ދުވަސް ކަމައްބަލާށެވެ.އެހެނީ މި ދުވަހު ގެ ކެއުމުގައި ބަތް ހިމަނާ ފައިވާތީއެވެ. މެންދުރު އެއްޖޯޑު ބަތް ކާށެވެ. އަދި 6 ނުވަތަ 7 ޓޮމާޓޯ އެކިގަޑިއައް ބަހާލައިގެން ކާށެވެ. ހަށިގަނޑުގައި ޔޫރިކް އެސިޑް އުފެދިދާނެތީވެ 12 ނުވަތަ 15 ތަށި ފެންބުއިން މުހިންމެވެ.

ހަވަނަ ދުވަސް-އެއްޖޯޑު ބަތް

މިއަދު މީ އީދުގެ ދެވަނަ ދުވަހެވެ. މިއަދުވެސް މެނޮދުރު ކެއުމަށް އެއްޖޯޑު ބަތް ބޭނުން ކުރާށެވެ. ދެން ދުވަހުގެ އެކިގަޑިއަށް ބަހާލައިގެން ތަރުކާރީ ކާށެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ. ހަމަ ޔަގީނުންވެސް މިއަދު ހަށިގަނޑަށް ފަސޭހަވެފަ ހަޖަމުކުރަން ފަސޭހަވާނެއެވެ.

ހަތްވަނަ ދުވަސް- މޭވާ އަދި ތަރުކާރީ

މިއަދަކީ ޑައިޓް ތާވަލް ގެ ފަހުދުވަހެވެ. މިއަދު ކެއުމުގައި އެއްޖޯޑު ބަތް އަދި ތަރުކާރީ (ކާހިއްވާ) އޭގެ އިތުރައް މޭވާ (ބޭނުން ވައްތަރެއްގެ)ޖޫސް ތައްޓެއް ބޭނުން ކުރެވިދާނެއެވެ.

އެއވެސް ޝައްކެއްނެއް ގޮތުގައި މިއަދު ބަރުދަން މި ތާވަލާ އެއްގޮތަށް އަމަލު ކޮއްފިއްޔާ 6 ނުވަތަ 8 ކިލޯ އިންނާނީ މަދުވެފައެވެ. ހަމަ އެކަނި ބަރުދަން ލުއިވުން ނޫނެވެ. މިކަމުން މޫނާ ހަށިގަނޑުގެ ހަން އޮމާން ވެ އުޖާލާ ކޮށްދެއެވެ.ހަމަ އެހެންމެ ހަޖަމްކުރަން ފަސޭހަވެ ހަށިގަނޑު ލުއިކޮއްދެއެވެ.

 

 

2 ކޮމެންޓް
aisha
އޮގަސްޓް 27, 2017
meethi kiyaa nimmalithaan iruves heevey thankolhe luivejjehen
Fathun
އޮގަސްޓް 25, 2017
Thiya liyumah ithubaaru kureveynee heki dekyma