English Edition
Dhivehi Edition

ބަރުދަން ލުއި ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މީހާގެ އިސްކޮޅާ އުމުރާ ނުގުޅޭވަރަށް ބަރުދަން މަތި ވުމުން ސިއްޙީ ގޮތުން އެކި މައްސަލަތައް ދިމާވެއެެވެ. އެހެން ކަމުން އެކިމީހުން އެކިއެކި ގޮތްގޮތަށް ބަރުދަން ލުއިކުރަން މަސައްކަތް ކުރެއެވެ. މިގެނެސްދެނީ އުމުރުރުން 41 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސުމީތު ބަރުދަން ލުއިކުރަން މަސައްކަތް ފެށިގޮތެވެ. އޭނަބުނިގޮތުގައި ފިހާ ރައަކަށް ހެދުން ގަންނަން ގޮސް ޗޭންޖިނގް ރޫމްގެ ލޯގަނޑުން އޭނަގެ ހަށިގަނޑު ހުރި ސިފަ ފެނުމުން އޭނަގެ ސިއްޙީ ހާލަތު ހުރިގޮތާމެދު ވިސްނާލެވުނެވެ. އިސްކޮޅުގައި 5ފޫޓު 9 އިންޗި ހުރި ސުމީތުގެ ބަރުދަނުގައި އޭރު 95ކިލޯ ހުއްޓެވެ.

ސުމީތު ބުނިގޮތުގައި އޭނަގެ ހަށިގަނޑު އާދަޔާހިލާފަށް ފަލަވާންފެށީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އޭރު އެއްވެސް ވަރަކަށް ކެއުމަށް ބަލައިގެން ނޫޅޭކަމަށް ވެސް އޭނަ ބުނެއެވެ.

ސިއްޙީ ބައެއް މައްސަލަތަކާ ދިމާވެފައިވީނަމަވެސް ސުމީތަށް އޭނަގެ އަސްލު ހަށިގަނޑު ރަނގަޅަށް ފެނުނީ ފިހާރައެއްގެ ތެރޭގައި ހުރި ލޯގަނޑަކުންނެވެ. ސުމީތަށް އެބަގުތު އޭނަގެ ސިފަފެނުމުން އެކަމާ ކަންބޮޑުވެ ހިތްވަރު ކޮށްފައި މަސައްކަތް ކުރީ ހަށިގަނޑު އާދައިގެ ވަރަކަށް ބެހެއްޓުމަށެވެ.

އޭނާގެ އަމާޒަށް ވާސިލުވުމަށްޓަކައި ބޭނުން ކުރި ޚާއްޞަ ޑައިޓަކީ، ހެނދުނު ސައިގަޑީގައި ކުޑަ ބޯތައްޓެއްގެ އޯޓްސް އަށް 2 ސަމްސާ ޔޯގަޓް އާއި ނަޓްސް އަޅައިގެން ކެއުން.، މެންދުރު ކާގަޑިއަށް ފިހެފައި ހުންނަ ކުކުޅު އަދި ތަރުކާރީ އާއި މުގު ރިހަ ، ހަވީރު ސައި ގަޑީގައި ކަރާ ފޮއްޗެއް،ސްޓްރޯބެރީ ނޫނީ 2 އާފަލު، ރޭގަނޑު ކެއުމަށް އޮލިވް އޮއިލް އަޅާފައި ސަލަޑް އަދި ތެޔޮ ނާޅާ ޕޯޗްޑް އެގް އެއް،ދުވާލަކު މަދުވެގެން 2ލީޓަރު ފެން ބުއިމަށް އާދަކޮށް އަދި ރޭގަނޑުގެ ކެއުން 7 ޖަހާއިރު ނިންމާލައި އޭގެ ފަހުން އޭނަނުކަ އެވެ.

ކެެއުމަށް ގެނައި ބަދަލާއެކު ސްމީތް ވަނީ ކޮންމެ ދުވަހަކު ހިނގާލަން ދިޔުމުގެ އިތުރުން ގަވައިދުން ޖިމަށް ގޮސް ކަސްރަތު ކޮށްފައެވެ.

މިޑައެޓާއި ވޯކް އައުޓަށްފަހު އޭނަވަނީ އެއްގޮތަކަށްވެސް ވައިޓް ޝުގާ އަދި ފުށުން ހަދާފައި ހުންނަ ކާއެއްޗހި ނުކައި ހުއްޓާލާފައެވެ. ސުމީތު ބުނާގޮތުން އެންމެ ހަތަރު މަހުން އޭނަވަނީ 17ކިލޯ ލުއިކޮށް 78 ކިލޯއަށް ބަރުދަން ތިރިކޮށްފައެވެ.

ހިކެން ބޭނުންވާ މީހުންނަށް ސުމިތް ދޭންބޭނުންވާ މެސްޖަކީ ކޮންމެ ކަމެއްވެސް ކުރެވޭނެކަމަށާއި ބޭނުންވަނީ ހިތްވަރެއް ކަމަށެވެ.