English Edition
Dhivehi Edition
27 ޖުލައި 2018 - 27 ޖުލައި 2018 ގައި ހިފި ހަނދު ކޭތަ ނަމާދު މާލޭ އިސްލާމީ މަރުކަޒުގައި ކުރަނީ - ފޮޓޯ: އަވަސް

މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައި ވަނީ ޖޫން 21 ވާ އާދިއްތަ ދުވަހު އިރުކޭތައެއް ހިފާނެ ކަމަށާއި، އެ އިރުކޭތަ ހިފަންފަށާނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 09:39 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިއަދު ހެނދުނު 10:51 ގައި ކަމަށާއި، އިރުކޭތަ ވީއްލާނީ މެންދުރު 12:14 ގައި ކަމަށްވެސް އެ ސަރކިއުލަރގައި ފާހަގަކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓު ފަދަ ހުރަހެއް ބޭނުންކޮށްގެން ކަމަށެވެ.

ވީމާ، މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަފައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިއަދު ހެނދުނު 10:30 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ކައުންސިލް އިދާރާތަކުން ހަމަޖައްސައި ދިނުމަށް ސަރކިއުލަރގައި އެދިފައި ވެއެވެ.