English Edition
Dhivehi Edition
ފޮޓޯ:ޕީއެސްއެމް ނިއުސް

އައްޑޫގައި ހޯމްކަރަންޓީނަށް، އެންމެ ފުރަތަމަ ގެންދިޔަ ގުރޫޕްގެ, ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ ހޯމަ ދުވަހު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު (ސާތު) ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސާތު ވިދާޅުވީ މި މަހުގެ 7 ވަނަ ދުވަހު މާލެ އިން އައްޑޫ އަށް އައިސްފައިވާ 44 ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ކަމަށާއި ސާމްޕަލް ނަގާތާ އެއް ދުވަސްތެރޭ ނަތީޖާ ލިބޭނެ ކަމަށެވެ، މީގެ އިތުރުން ސާތު ވިދާޅުވީ ކޮންމެ އަވަށެށްގެ ސާމްޕަލްވެސް ނެގުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ އެ ރަށެށްގެ ސިއްހީ މަރުކަޒުން ކަމަށެވެ.

ހޯމް ކަރަންޓީނަށް މީހުން ގެނައުމާއި ބެހޭ ގޮތުން އީއޯސީން މީގެ ކުރިން ބުނީ، މާލެ އިން މީހުން ގެންނަން ފެށުމުން ދުވާލަކަށް 50 މީހުންނަށް ރަށަށް އައުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި ބޭނުންވަނީ ރަށަށް ނާދެވި މާލޭގައި ތާށިވެފައިތިބި މީހުން އަވަހަށް ރަށަށް އާދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އަދި އައްޑޫއަށް ހޯމް ކަރަންޓީނަށް ފޮނުވާ މީހުން މާލެއިން ފުރުވާނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ލިބުމުން ކަމަށްވެސް އީއޯސީން އިންވަނީ ބުނެފައެވެ،

މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން)ނިންމާފައވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ.