English Edition
Dhivehi Edition
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އާންމުން ހަރަކާތްތެރި ވަނީ ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި، ފުޑް ޕޮއިޒަންވި ދަރިވަރުންގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ ދެ ދަރިވަރަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ އައްޑޫ ޓްރެއިނިން ސެންޓަރުގައި ޓްރެއިނިން ހަދަމުންދިޔަ ދަރިވަރުންތަކެއް ފުޑް ޕޮއިޒަންވެ އޭއީއެޗްވެސް އެލާޓަށް ގެނެސްފައިވާއިރު ރޭ ފުޑް ޕޮއިޒަންވުމާއި ގުޅިގެން 32 މީހުންނަށް އެމެޖެންސީގައިވަނީ ފަރުވާ ދީފައެވެ. އެންމެ ފުރަތަމަ އައިސީޔޫގައި 5 މީހުންނަށް އައިސީޔޫގައި ފަރުވާދީފައިވާއިރު މިހާރު އޭގެ ތެރެއިން ތިން މީހުން ވަނީ ދޫކޮށްލާފައެވެ

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ ދެ މީހުންނަށް ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.