English Edition
Dhivehi Edition

ސިއްޚީ މާހިރުން ބުނާގޮތުގައި، ހެނދުނު ހެނދުނާ ހޭލާ އުޅޭމީހުންނަކީ އެމީހުންގެ ދުވަސް އެންމެ ތާޒާކޮށް ހޭދަކުރާ މީހުންނެވެ. ހަޤީޤަތަކީ ވެސް އެއީއެވެ. ފަތިހު ހޭލައިގެން ކަސްރަތުކޮށް ހެނދުނުގެ ނާސްތާ ނަގައި ފެންވަރައިގަތުމުން ދުވަސް ތާޒާވީއެވެ. މަސައްކަތަށް ނުކުތުމުންވެސް އަދި މުޅި އެދުވަސް އެހެން ކަންކަމުގައި ހޭދަކުރާ މީހަކަށް ވީނަމަވެސް ދުވަހުގެ ތާޒާކަމާއި އަރާމުކަން އިހުސާސްވާނެއެވެ.

ދާދިފަހުން “ނޯތުވެސްޓާން” އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފަތިހު ހޭލައިގެން ހެނދުނުގެ ނާސްތާ އަވަހަށްކޮށް އުޅޭމީހުންގެ “ބީ.އެމް.އައި” ލަހުން ހޭލާމީހުންނަށް ވުރެ ދަށްކަމަށެވެ. ހެނދުނު ހޭލުމުގެ އެންމެ މުހިންމު ކަމަކީ އަވަހަށް ހެނދުނުގެ ނާސްތާކުރުމެވެ. ޚާއްސަކޮށް ޑައެޓްކުރާ މީހުން ހެނދުނު ހޭލުން ވަރަށް މުހިންމުކަމަށް މިދިރާސާކުރި ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން ހެނދުނު އަވަހަށް ހޭލުމަށްފަހު ތިރީގައި މިގެނެސްދޭ ނާސްތާ ހެނދުނު ހިޔާރުކުރުމުން ބަރުދަން ލުއިކޮށްދޭނެ ކަމަށް ދިރާސާކުރި ފަރާތުން ބުނެފައި ވެއެވެ.

1- ޕޮރިޖް ނޫނީ އޯޓްސް ހެނދުނުގެ ނާސްތާއަށް ބޭނުންކުރާށެވެ. އޯޓްސް އަކީ އޭގައި ހިމެނޭ ފައިބާ އަދި ކާރބްސް އިން މުއްސަނދި އެއްޗެކެވެ. ކެއުމުގައި އޯޓްސް ބޭނުން ކުރުމުން ބަނޑުހައި ނުވެ ގިނައިރު ހިފަހައްޓައިދީ ހަށިގަނޑުގައި މެޓްބޮލިޒަމް އިތުރުކޮށްދެއެވެ.

 

 

2- ކޮންމެ ދުވަހަކު ހެނދުނު ނާސްތާގައި އާފަލެއް ހިމަނަން ޖެހެއެވެ. ހެނދުނު ކާން ތައްޔާރުކުރާ އޯޓްސްއަށް ނޫނީ ކޮންމެވެސް ކަހަލަ ޕޮރިޖް އެއް ތައްޔާރު ކުރުމަށްފަހު އޭގެ ތެރެއަށް އާފަލެއް އަޅާލެވިދާނެއެވެ. ނޫނީ އާފަލެއް ހުހަށް ކާލުން މުހިންމެވެ. އާފަލަކީ އޭގައި ގުދުރަތީ ގޮތުން ވަކި މިންވަރަކަށް ހަކުރު ހިމެނޭ އެއްޗަކަށް ވެފައި އޭގައި ފައިބަރ ގިނައަދަދަކަށް ހިމެނެއެވެ.

3- ބިހަކީ ހެނދުނުގެ ނާސްތާގައި ހިމަނާލަންޖެހޭ އެނެމް މުހިންމު އެކައްޗެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓިން އާއި ވިޓަމިން “އޭ” “ޑީ” އަދި “ބީ12” ހިމެނެއެވެ.

4- ޔޯގަޓަކީ އޭގައި ކާބްސް، ހެލްދީ ފެޓްސް އަދި ޕްރޮޓިން ހިމެނޭ އެއްޗެކެވެ. ޔޯގަޓްގައި ގިނަ އަދަދަކަށް “ގުޑްބެކްޓީރިއާ” ހިމެނެއެވެ. އަދި ލެކްޓޯސް ދަށްކޮށް ހުންނަ އެއްޗަކަށްވާތީ ކޮންމެހެންވެސް ހެނދުނުގެ ނާސްތާއަށް ޔޯގަޓް ބޭނުން ކުރުން މުހިންމެވެ.

5- ސައި އަދި ކޮފީ ގައި ހިމެނޭ އެންޓި އޮކްސިޑެންޓުން ހާޓްއެޓޭކް ޖެހުމުގެ ޗާންސް ކުޑަކޮށްދެއެވެ. ސައި ނޫނީ ކޮފީ ބޯއިރު ހަކުރުގެ ބަދަލުގައި މާމުއި ސަމުސަލެއް ބޭނުންކުރާށެވެ.

ހެނދުނުގެ ނާސްތާއަކީ ކޮންމެ މީހަކަށް ވެސް މުހިންމު ކެއުމެކެވެ. ރަނގަޅު ކާނާ ހެނދުނު ބޭނުން ކުރުމުން ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިގެންދާނެއެވެ.